މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

ކުންފުނީގެ ތާރީހުގައި ހިގާފައިވާ މުހިއްމު ކަންތައްތަކާއި އުސްއަލިތަށް

 • 16
  ޢުމްރާގެ ޚަރަދު ކުޑަކޮށް، ކުންފިނިން ފޯރުކޮށްދޭ ޢުމްރާގެ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށް ޢުމްރާ ވިސާ އެޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީވެ، ޢުމްރާ ވިސާގެ ޚިދުމަތް ފޯރުކޮށްދޭން ފެށުނެވެ.
  2021
 • 15
  ހައްޖާއި ޢުމްރާއާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، އަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށް އެހީތެރިވުމުގެގޮތުން "އެމް.އެޗް.ސީ.އެލް ޙައްޖު ޓްރެއިނިންގ" އިފްތިތާހުކުރެވުނެވެ.
  2021
 • 14
  ޙައްޖާއި ޢުމްރާއަށް ރައްޔިތުން ހޭލުންތެރި ކުރުމާއި އަޅުކަމަށް ޝައުގުވެރި ކުރުމުގެ ގޮތުން “ފަސްވަނަރުކުން” ޕްރޮގްރާމް އިފްތިތާހުކުރެވުނެވެ.
  2021
 • 13
  ކޮވިޑް 19 ގެ އާލަމީވަބާއާއި ގުޅިގެން ކުންފުނީގެ ޚިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ހުރިހާ ޚިިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވުނެވެ.
  2020
 • 12
  ކުންފުނިތަކުގެ މުއައްޒަފުން ހައްޖަށް ފޮނުވުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ”ކޯޕަރޭޓް މެމްބަރޝިޕް ސްކީމް” އިފްތިތާހު ކުރެވުނެވެ.
  2020
 • 11
  އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ގައުމީ ކެމްޕޭނުގައި ބައިވެރިވުމުގެގޮތުން “ޕްލާސްޓިކް ނޫން ގޮތެއް” ހަރަކާތް އިފްތިތާހުކުރެވުނެވެ.
  2019
 • 10
  ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ހިންގުމުގެ ޚަރަދު ކުޑަކުރުމަށް މ.ފުރަންކަރާގެ 3 ވަނަ ފަންގިފިލާއަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އޮފީސް ބަދަލުކުރެވުނެވެ.
  2019
 • 9
  ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ފެތުރުމާއި ޚިދުމަތްތައް މާކެޓްކޮށް ފުޅާކުރުމަށްޓަކައި މާކެޓިންގ އޭޖެންޓުން އައްޔަންކުރެވުނެވެ.
  2019
 • 8
  އުމުރުން ދުވަސްވީ ފަރާތްތަކާއި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކައް އިސްކަންދިނުމުގެގޮތުން ޙައްޖު ކޯޓާގެ 10% އަދި 5% ޚާއްސަކުރެވުނެވެ.
  2019
 • 7
  މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމުން ފަރުޟު ހައްޖުގެ އަގުގެ ބައެއް އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭ ފަހުމުނާމާ ގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއިއެކު ސޮއިކުރެވުނެވެ.
  2019
 • 6
  ޙައްޖާއި އުމްރާގެ ދަތުރުތަކުގެ ސިއްޙީ އިންތިޒާމުތަށް ހަމަޖެއްސުމާއިގުޅޭ ފަހުމުނާމާގައި އައި.ޖީ.އެމް ހޮސްޕިޓަލާއިއެކު ސޮއިކުރެވުނެވެ.
 • 5
  ލުއިފަސޭހަ ކަމާއެކު އޮންލައިންކޮށް ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފަހެލި ޕޯޓަލް އިފްތިތާހު ކުރެވުނެވެ.
  2017
 • 4
  1435 ވަނަ އަހަރުގެ ޙައްޖު ދަތުރާއި އެކު ކުންފުނީގެ ޙައްޖު ދަތުރުތައް ފެށިގެންދިޔައެވެ.
  2014
 • 3
  1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާ ދަތުރާއި އެކު ކުންފުނީގެ ޢުމްރާ ދަތުރުތައް ފެށިގެންދިޔައެވެ.
  2014
 • 2
  މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް ގާއިމުކުރެވުނެވެ.
  2014
 • 1
  ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އުފެދުނެވެ
  2013