މިކުންފުނިން ކުރިޔަށް ގެންދާ ޙައްޖު ދަތުރުތަކަކީ ހެޔޮއަގެއްގައި އެހާމެ ފެންވަރުރަނގަޅުކޮށް، ޙައްޖާޖީނަށްގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަށް އަހަންމީޔަތެއް ދީގެން ވީއެންމެ ފުރިހަމައަށް އިންތިޒާމްތަށް ހަމަޖައްސައިދީގެން ކުރިޔަށް ގެންދާ ދަތުރުތަކެކެވެ. މިކުންފުން އިންތިޒާމް ކުރާ ދަތުރުތަކުގެ މުއްދަތަކީ 30 ދުވަހެވެ. އަދި މިދަތުގައި 2 ޢުމްރާ ކުރުމުގެ ފުރުޞަތު ކޮންމެ ޙައްޖާޖީއަކަށް ލިބިގެންދާނެއެއެވެ. ޙައްޖަށް ދިއުމަށް މިހާރު ކަނޑައަޅާފައިވާ އަގަކީ -/69،965 ރުފިޔާއެވެ.

ޙައްޖު ދަތުރުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކޮބާ؟


 1. ފެންވަރުރަނގަޅު ހޮޓަލުގެ ޚިދުމަތް:
 2. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވަރިކޮށް ޙައްޖަށްދާފަރާތްތަށް ހުރުމަށް ހަމަޖައްސާފައި ވަނީ 4 ތަރީގެ ފެންވަރު ރަނގަޅު ހޮޓަލެއްގައެވެ. އަދި މި ހޮޓަލަކީ ޖާގަ ތަނަވަސް، ސާފްތާހިރު އަދި އެހާމެ ހިއްފަސޭހަ ހޮޓަލެކެވެ. އަދި ޙައްޖާޖީނަށް ދިމާވެދާނެ ދަތިތަށް ބަލައި އެކަމަށް ހައްލު ހޯދައިދިނުމަށް އަޅުގަނޑުމެންގެ ކައުންޓަރެއް މި ހޮޓަލުގައި ގާއިމު ކުރެވިފައިވާނެއެވެ. އަދި މި ކައުންޓަރުން ޙާއްޖާޖީނަށް 24 ގަޑިއިރު ޚިދުމަތްދެވިގެން ދާނެއެވެ.
  .

 3. ފެންވަރުރަނގަޅު ދިވެހި މީރުރަހަތަށް:
 4. ޙައްޖު ކިޓް:
 5. ޙައްޖުވެރިންނަށްދޭ ތަމްރީނު ޕްރޮގްރާމް
 6. ދީނީ މަޢުލޫމާތު އަދި ދަރުސްތަށް ދިނުން:
 7. ކްލިނިކްގެ ޚިދުމަތް:
 8. ޒިޔާރަތް ދަތުރުތަށް:
 9. ޙައްޖުގެ ޕެކޭޖުގެ އިތުރުން ލިބޭ ޚިދުމަތްތަށް:

ޙައްޖަށް ރަޖިސްޓަރީ ވާނީ ކިހިނެއް؟

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖަށް ދާން އެދޭނަމަ، ކުންފުނީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. އެގޮތުން ކޯޕަރޭޝަންގެ "ޚިދުމަތަށްއެދޭ ފޯމް" ފުރިހަމަކޮށް ހުށަހެޅުމުން، ކޯޕަރޭޝަންގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނެއެވެ.

ޙައްޖުއަށް ހުޅުވޭނެ އެކައުންޓްތަކަކީ ކޮބާ؟

 • ލަމްޕްސަމް އެކައުންޓް:
 • "ޙައްޖު ލަމްޕްސަމް" އެކައުންޓެއް ހުޅުވުމަށްޓަކައި ޖެހޭނީ، ޙައްޖުގެ އަގު އެއްކޮށް ނުވަތަ ޙައްޖަށް ކަނޑައެޅިފައިވާ އަގުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ހަމަ ކުރަންށެވެ. މިގޮތަށް ފައިސާ ދައްކާ މެމްބަރުން ވަގުތުން ޙައްޖު ޖާގަ ކިއު ލިސްޓްގައި ހިމެނިގެންދާނެއެވެ. މިގޮތުން ކިއު ތަރުތީބުން އެއަހަރަކު ކޯޓާ ލިބޭމިންވަރަކުން ޙައްޖަށް ދިއުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް ލިބިގެން ދާނެއެވެ.
 • ސޭވިންގް އެކައުންޓް:
 • "ސޭވިންގް" އެކައުންޓަކީ ޙައްޖަށް ދިއުމުގެ އުއްމީދު އޮތް ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރި ވެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ އެކައުންޓެކެވެ. މި ޕެކޭޖުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތަކުން އެއިރަކު ބޭނުންވާފުޅުވާ މިންވަރަކަށް ސޭވިން އެކައުންޓަށް ފައިސާ ޖަމާކޮށްގެން ޙައްޖުގެ ޖުމްލަ އަގު ދައްކާ ހަލާސް ކޮއްލެވޭނެއެވެ. އަދި "ލަމްޕްސަމް" ޕްކޭޖްއެކޭވެސް އެއްއުސޫލުން ޖާގަ ކަޝަވަރުވާނީ ޙައްޖަށް ކަނޑައެޅިފައިވާ އަގުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށްވާ ފައިސާ ހަމަވުމުންނެވެ. އަދި ކިއު ތަރުތީބުން އެއަހަރަކު ކޯޓާ ލިބޭމިންވަރަކުން ޙައްޖަށް ދިއުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް ލިބިގެން ދާނެއެވެ.

ރިޓެއަރމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށްދާނީ ކިހިނެއް؟

ރިޓެއަރމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖައްދެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. މިގޮތުގެ މަތިން ޝަރުތު ހަމަވާ ބޭފުޅުން މިކުންފުނީގެ ޚިދުމަތަށްއެދޭ ފޯމު ފުރިހަމަށް، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި އެކު ހުށަހަޅައި، ޙައްޖުގެ އަގުގެ %20 އަށް ވާފައިސާ ދަށްކާފައިވާނަމަ އެފަރާތްތަކަށް ފައިސާ ރިޒާވްކޮށްދިނުމަށް އެދި ޕެންޝަން އޮފީހާ ޙިއްސާކުރެވޭނެއެވެ. އަދި މޯލްޑިވްސް ރިޓަރމަންޓް ޕެންޝަން ފަންޑްގެ ފައިސާ ރިޒާވްކުރެވިފައިވާކަން ޕެންޝަން އޮފީހުން މިކުންފުންޏަށް އެންގުމާއެކު ޙައްޖު ޖާގައެއް ހަމަޖައްސައިދެވޭނެއެވެ. އެހެންނަމަވެސް ޙައްޖު ޖާގަ ލިބިގެންދާނީ އެހެން ބޭފުޅުންނެކޭވެސް އެއް އުސޫލުން ކިއު ތަރުތީބުންނެވެ.